ދިވެހި
Surah التكوير - Aya count 29
إِذَا الشَّمْسُ كُوِّرَتْ
( 1 ) އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ.
وَإِذَا النُّجُومُ انكَدَرَتْ
( 2 ) އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ.
وَإِذَا الْجِبَالُ سُيِّرَتْ
( 3 ) އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ.
وَإِذَا الْعِشَارُ عُطِّلَتْ
( 4 ) އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ.
وَإِذَا الْوُحُوشُ حُشِرَتْ
( 5 ) އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ.
وَإِذَا الْبِحَارُ سُجِّرَتْ
( 6 ) އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ.
وَإِذَا النُّفُوسُ زُوِّجَتْ
( 7 ) އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ.
وَإِذَا الْمَوْءُودَةُ سُئِلَتْ
( 8 ) އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سؤال ކުރައްވާ ހިނދެވެ.
بِأَيِّ ذَنبٍ قُتِلَتْ
( 9 ) އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟
وَإِذَا الصُّحُفُ نُشِرَتْ
( 10 ) އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެެވެ.
وَإِذَا السَّمَاءُ كُشِطَتْ
( 11 ) އަދި އުޑު ގެންދަވާ ހިނދެވެ.
وَإِذَا الْجَحِيمُ سُعِّرَتْ
( 12 ) އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ.
وَإِذَا الْجَنَّةُ أُزْلِفَتْ
( 13 ) އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ.
عَلِمَتْ نَفْسٌ مَّا أَحْضَرَتْ
( 14 ) ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ.
فَلَا أُقْسِمُ بِالْخُنَّسِ
( 15 ) ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ.
الْجَوَارِ الْكُنَّسِ
( 16 ) ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.
وَاللَّيْلِ إِذَا عَسْعَسَ
( 17 ) އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
وَالصُّبْحِ إِذَا تَنَفَّسَ
( 18 ) އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ.
إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ
( 19 ) ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ.
ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ
( 20 ) عرش ގެ ވެރިރަސްކަލާނގެ حضرة ގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ.
مُّطَاعٍ ثَمَّ أَمِينٍ
( 21 ) އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ.
وَمَا صَاحِبُكُم بِمَجْنُونٍ
( 22 ) އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمد ގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ.
وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ
( 23 ) އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريل ގެފާނު) ދެކެވަޑައިގަތެވެ.
وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ
( 24 ) އަދި غيب ގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ނުވެއެވެ.
وَمَا هُوَ بِقَوْلِ شَيْطَانٍ رَّجِيمٍ
( 25 ) އަދި رحمة ން ބޭރުކުރައްވާފައިވާ شيطان އެއްގެ ބަސްކަމުގައިވެސް އެ قرآن ނުވެއެވެ.
فَأَيْنَ تَذْهَبُونَ
( 26 ) ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟
إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ
( 27 ) عالم ތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ.
لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ
( 28 ) ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ.
وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ رَبُّ الْعَالَمِينَ
( 29 ) عالم ތަކުގެ ވެރި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ.