Select reciter
ދިވެހި
Surah الطارق - Aya count 17
وَالسَّمَاءِ وَالطَّارِقِ
( 1 ) އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ.
وَمَا أَدْرَاكَ مَا الطَّارِقُ
( 2 ) އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
النَّجْمُ الثَّاقِبُ
( 3 ) އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެެވެ.
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ
( 4 ) އެއްވެސް نفس އެއް، އެ نفس އެއްގެ މައްޗަށް ރައްކާތެރިވާނޭ ملائكة އަކު ނެތިއެއް ނުވެއެވެ.
فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ
( 5 ) ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ!
خُلِقَ مِن مَّاءٍ دَافِقٍ
( 6 ) ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ!
يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ
( 7 ) އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ.
إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ
( 8 ) ހަމަކަށަވަރުން، އެކަލާނގެއީ، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
يَوْمَ تُبْلَى السَّرَائِرُ
( 9 ) ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، امتحان ކުރައްވާ ދުވަހެވެ.
فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ
( 10 ) ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި نصر ދޭނޭ މީހަކުވެސް ނުވެއެވެ.
وَالسَّمَاءِ ذَاتِ الرَّجْعِ
( 11 ) ވާރޭވެއްސާ އުޑު ގަންދެއްވަމެވެ.
وَالْأَرْضِ ذَاتِ الصَّدْعِ
( 12 ) އަދި ގަސްފަޅާ ބިން ގަންދެއްވަމެވެ.
إِنَّهُ لَقَوْلٌ فَصْلٌ
( 13 ) ހަމަކަށަވަރުން، އެ قرآن އަކީ، حق އާއި، باطل ވަކިކުރާ ތެދުބަސްފުޅެއްކަން ކަށަވަރެވެ.
وَمَا هُوَ بِالْهَزْلِ
( 14 ) އަދި ކުޅޭކުޅޭ އެއްޗެއްކަމުގައި އެ قرآن ނުވެއެވެ.
إِنَّهُمْ يَكِيدُونَ كَيْدًا
( 15 ) ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ.
وَأَكِيدُ كَيْدًا
( 16 ) އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ.
فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا
( 17 ) ފަހެ، كافر ންނަށް ކަލޭގެފާނު مهلة އެއް ދެއްވާށެވެ! ކުޑަހިނދުކޮޅަކަށް އެއުރެންނަށް ލަސްކޮށްލައްވާށެވެ!