ދިވެހި
Surah الليل - Aya count 21
وَاللَّيْلِ إِذَا يَغْشَىٰ
( 1 ) ރޭގަނޑު އިރު ނިވައިކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
وَالنَّهَارِ إِذَا تَجَلَّىٰ
( 2 ) ދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ގަންދެއްވަމެވެ.
وَمَا خَلَقَ الذَّكَرَ وَالْأُنثَىٰ
( 3 ) އަދި ފިރިހެން، އަންހެންް، ދެ ޖިންސު ހެއްދެވި ކަލާނގެ ގަންދެއްވަމެވެ.
إِنَّ سَعْيَكُمْ لَشَتَّىٰ
( 4 ) ހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ.
فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ
( 5 ) ހަމަކަށަވަރުން، އެއުރެންގެ عمل ތައް ތަފާތުވެގެންވާކަން ކަށަވަރެވެ.
وَصَدَّقَ بِالْحُسْنَىٰ
( 6 ) ފަހެ) މުދަލުން (ހޭދަކޮށް) اللَّه އަށް (تقوى ވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ!
فَسَنُيَسِّرُهُ لِلْيُسْرَىٰ
( 7 ) ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.
وَأَمَّا مَن بَخِلَ وَاسْتَغْنَىٰ
( 8 ) ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.
وَكَذَّبَ بِالْحُسْنَىٰ
( 9 ) އަދި ދަހިވެތިވެ، اللَّه ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ!
فَسَنُيَسِّرُهُ لِلْعُسْرَىٰ
( 10 ) ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.
وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ
( 11 ) އަދި އެމީހާ) ނަރަކަޔަށް (ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.
إِنَّ عَلَيْنَا لَلْهُدَىٰ
( 12 ) ހަމަކަށަވަރުން، ތެދުމަގު ދެއްކެވުންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.
وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ
( 13 ) އަދި ހަމަކަށަވަރުން، آخرة އާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.
فَأَنذَرْتُكُمْ نَارًا تَلَظَّىٰ
( 14 ) ފަހެ، އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ.
لَا يَصْلَاهَا إِلَّا الْأَشْقَى
( 15 ) ބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެތެވެ.
الَّذِي كَذَّبَ وَتَوَلَّىٰ
( 16 ) އެމީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ.
وَسَيُجَنَّبُهَا الْأَتْقَى
( 17 ) އަދި تقوى ވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ.
الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ
( 18 ) އެމީހާއީ، އެމީހާ طاهر ވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ.
وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ
( 19 ) އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ.
إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ
( 20 ) އެހެނެއްކަމަކު) އޭނާ ހޭދަކުރަނީ (އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ وجه ފުޅު އަދައިގެންނެވެ.
وَلَسَوْفَ يَرْضَىٰ
( 21 ) އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ.